ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ބ. މާޅޮހު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ދަރިވަރުންނަށް ސްކޫލުގެ ތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.

2- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

3- ހަފުތާއަކު އެއްފަހަރު ދަރިވަރުންގެ ސާފުތާހިރުކަން ޗެކްކުރުން.

4- ޞިއްޙީ ރަނގަޅު އާދަތައް ދަރިވަރުންނަށް ކިޔައިދިނުން.

5- މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.

6- ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

7- މާއްދާތަކުގައި ޞިއްޙީ ރިސޯސް ބޭފުޅަކު ބޭނުންވެއްޖެނަމަ އެ ޚިދުމަތް ފޯރުކޮށްދިނުން.

8- ކިޔަވައިދިނުމުގައި އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުން.

9- ސްކޫލް ހެލްތު ސްކުރީން ޕްރޮގްރާމް ހިންގައި، ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

10- ފަނީބޭހާއި، ވިޓަމިންއޭ ކެޕްސޫލް ދަރިވަރުންނަށް ދިނުމާއި، އެކަމާގުޅޭ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

11- މީގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމީގޮތުން އެންމެމަތީ ފާސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަވިއުއިން އެންމެމަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އިންޓަވިއު ބާއްވާނެ ތާރީޚާއި، ތަނާއި، ވަގުތު އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ. މާޅޮހު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ކޮޕީތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ބ. މާޅޮހު މަދަރުސާގެ 6600020 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ