މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީ ކައުންސިލަށް ބޭނުންވާ 540 ޑަސްބިން ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމަށް އެދި

އިޢުލާން

މުލީ ކައުންސިލަށް ބޭނުންވާ 540 ޑަސްބިން ސަޕްލައިކޮށްދޭން ފަރާތެއް ހޯދުން

މި އިދާރާ އަށް ބޭނުންވާ 540 ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 މި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ފިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

 ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

މ. މުލީ ކައުންސިލްގެ އިދާރާ

21 އޭޕްރީލް 2025

ހޯމަ

13.00

އަންދާސީ ހިސާބު ހުށަހެޅުން

މ. މުލީ ކައުންސިލްގެ އިދާރާ

29 އޭޕްރީލް 2025

އަންގާރަ

13.00

 

ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑް ހުށަހެޅުމަށް ބައިވެރި ވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން: " މުލީ ކައުންސިލަށް ބޭނުންވާ 540 ޑަސްބިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން "، ބީލަން ކެނޑުމަށް ހަމަޖެހިފައިވާ ތާރީޚް އަދި ގަޑި ލިޔެފައި އޮންނަންވާނެއެވެ.

09 އެޕްރީލް 2025
ހޯދާ