ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު ބުރުނީ ބަނދަރުމަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން
ކޮޅުމަޑުލު ބުރުނީ ބަނދަރުގައި ހަދާފައިވާ ބުރު ޕާކު ތަކުގެ ތެރެއިން އެންމެ ހުޅަނގަށް އޮތް ބުރުގައި ތެލުގެ ވިޔަފާރިކުރުމަށް 2000.00 އަކަފޫޓުގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިއްމަވާފައިވާތީ،މިދެންނެވި ސަރަހައްދުތަކުގައި ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
- މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
- ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 21 އޭޕްރީލް 2025 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް 500.00ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮންރިފަންޑަބަލް ފީއެއް ދައްކަވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވަ ފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެއެވެ.
- ފައިސާބަލައިގަންނާނީ 09 އޭޕްރީލް 2025 އިން 21 އޭޕްރީލް 2025 އަށް، ބަންދުނޫންކޮންމެ ދުވަހެއްގެ 08:00 ން 13:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް އެދޭ ފަރާތުގެ ނަމާއި އެޑުރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އަދި ފައިސާ ދެއްކި ސްލިޕުގެ ކޮޕީ [email protected] އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- ބިޑުޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބިޑަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ. އަދި ބީލަމުގައި ރަޖިސްޓަރީވުމަށް ދައްކަންޖެހޭ ފައިސާ ދައްކައި ކައުންސިލަށް މެއިލް ލިބުނު ކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާ އެކެވެ.
- މި ބިޑާއިގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 21 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އީމެއިލް އެޑްރެހަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ 27 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއިވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަންލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ބުރުނި ކައުނަސިލް އިދާރާ/ ރޯޝަނީމަގު ތ.ބުރުނި
- ފޯން: 6780038+960
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ސައްވާލް 1446
09 އޭޕްރީލް 2024