ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިނގުރައިދޫ ކައުންސިލްގެ އައު އިމާރާތް ތަރައްޤީކުރުމަށް ސަބްކޮންޓްރެކްޓާރ އެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު އޭގެ ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރިލް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސިލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.
* ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001 / 1350 REVENU 1
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ކުރިން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 2025 އޭޕްރިލް 30 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި ބިޑަށް ކުރިމަތިލާ ފަރާތްތަކުން 10،000ރ (ދިހަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތުން މާލިޔަތު ގަވާއިދާ އެއްގޮތަށް ބިޑް ހުށަހަޅާ އަގުގެ %2.5 ގެ ޕާރފޯމެންސް ގެރެންޓާރ އެއް ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.