މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރި އިޢުލާން ނަންބަރު: IUL)88-PS/88/2024/37) (30 މޭ 2024) އަށް ހަތަރުވަނަ އިސްލާޙު ގެނައުން

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން ނަންބަރު: IUL)88-PS/88/2024/37) (30 މޭ 2024) އަށް ހަތަރުވަނަ އިސްލާޙު ގެނައީމެވެ.

ހަތަރުވަނަ އިސްލާޙު:

އިސްވެ ދެންނެވުނު އިޢުލާން އަދި އެ އިޢުލާނަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން އަންނަނިވި ތާވަލުގައި ދީފައިވާ ރަށްތަކާއި ފަޅުތައް އުނިކޮށްފައިވާކަން އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

08 އެޕްރީލް 2025
ހޯދާ