ދިވެހިރާއްޖެ
އިޢުލާން
އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ތަކެތި ބައިވެރިކުރުމާ ގުޅޭ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރިތައް ފުޅާކުރުމުގެ މަޤްޞަދުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ނަމުގައި ޚާއްޞަ މަޢުރަޒެއް 2025 މެއި މަހުގެ ފަހުކޮޅު ހުޅުމާލެ ސެންޓަރަލް ޕާކްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަޢުރަޒަކީ ދިވެހީންގެ އުފެއްދުންތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދައްކައިދޭ މަޢުރަޒަކަށް ހެދުމަށްޓަކައި މުޅި ރާއްޖޭގެ ހުރިހާ ރަށެއް މި މަޢުރަޒުގައި ތަމްޞީލުވުމަކީ އަމާޒެއް ކަމަށް ކަނޑައަޅާފައި ވެއެވެ.
މި މަޢުރަޒުގައި 79 ގިންތި އަކުން ތަކެތި ބައިވެރި ކުރުމާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުލަބު ޖަމުޢިއްޔާތަކާއި ވަކިވަކި ފަރުދުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ
ވީމާ، މި މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ކުރިން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ފުރިހަމަކޮށް ހުށަހެޅުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ މި ކައުންސިލަށް ވަޑައިގެން ނުވަތަ މިކައުންސިލަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި އީ ފާސް މެދުވެރިކޮށް މަޢުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޝައްވާލް 1446