ދިވެހިރާއްޖެ
ޓްރެއިނިންގ ހިންގުމަށް ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮތޯރިޓީގެ ނަންބަރު IUL)450-CA/1/2015/15)ފ(29 ޖުލައި 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، 23 އޮގަސްޓު 2015 ން 1 ސެޕްޓެންބަރު 2015 އަށް (ޖުމްލަ 8 ދުވަހަށް) ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތަށް ޓްރެއިނިންގ ހޯލަކާއެކު ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ހޯލް:
- ތަމްރީނު ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ދުވަސްތައް: 23 އޮގަސްޓު 2015 އިން 1 ސެޕްޓެންބަރު 2015 (8 ދުވަސް)
23، 24، 25، 26، 27، 30، 31 އޮގަސްޓު އަދި 1 ސެޕްޓެންބަރު
- ވަގުތު: 8:00 އިން 1:00 (5 ގަޑިއިރު) އަށް.
- 2 މައިކު އަދި ސައުންޑް ސިސްޓަމާއެކު، ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން ކުރިޔަށް ގެންދެވޭނެ ފަދަ ގޮތަކަށް ހުންނަ ތަނަކަށް ވާންޖެހޭނެއެވެ.
- 45 މީހުންނަށް އެކޮމަޑޭޓްކުރެވޭ ވަރަށް މޭޒާއި ގޮނޑި ހުންނަންވާނެއެވެ.
- ބައިވެރިންގެ އަދަދު: 45 މީހުން.
ކޭޓަރިންގ:
- 8 ދުވަހުގެ ހެނދުނުގެ ސައި އަދި މެންދުރުގެ ކެއުން 45 މީހުންނަށް ސަރވިސްއާއެކު ފޯރުކޮށްދިނުން.
ޕްރޮޕޯޒަލް/އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:
- މަސައްކަތުގެ އަގު (މަތީގައިވާ ދުވަސްތަކަށް ހޯލް ކޮންފޮމޭޝަނާއެކު)
- އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
- މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
13 ޝައްވާލް 1436