ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ. ދަނބިދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޓާފްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ލ. ދަނބިދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 5 ކްލާސްރޫމާއި ސްޓާފްރޫމް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ.ދަނބިދޫ ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00

30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800740 ނަންބަރު ފޯނާއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ