ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (ކޮންޓްރެކްޓް އުސޫލުން)

މަޤާމް ނަންބަރު

-

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެމަތިން ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް  

ދ. ބަނޑިދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އިދާރީ ސެކްޝަން، ދ. ބަނޑިދޫ ސްކޫލް

އަތޮޅާއި ރަށް

ދ. ބަނޑިދޫ

ފެންވަރު ނުވަތަ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާގެ މަސްއޫލިއްޔަތުތައް:

1. ސްކޫލުގެ އިމާރާތްތަކާއި ކުލާސްރޫމްތަށް ތަރުތީބުކޮށް، ފޮޅައި، ކުނިކަހައި، ސާފުކޮށް، ބެލެހެއްޓުން.

2. ސްކޫލުގެ ކުލާސްރޫމްތަކާއި، އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި، މޭޒު އުފުލައި އެތުރުން.

3. ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތައް، ކޮންމެ ދުވަހަކު ކުނިކަހައި، ފޮޅައި، ސާފުކުރުން.

4. ސްކޫލުގެ ގޯތިތެރޭގައި ގަސްއިންދުމާއި، ގަސްތައް ކޮށައި، ބެލެހެއްޓުން.

5. ސްކޫލުގެ ދިޔަދޮވިތަކާއި ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

6. ފަންކާ ހޮޅިބުރި ފަދަ ތަކެތި ބަދަލުކުރުން.

7. އިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވިތައް ސާފުކުރުން.

8. ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

9. ސްކޫލުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

10. ރަށުންބޭރުން ސްކޫލަށް ގެންނަ ތަކެތި ބަނދަރުން ސްކޫލަށް ގެނައުން.

11. ސްކޫލުގެ ކަރަންޓަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުން.

12. ވަޒީފާގެ ޒިންމާތަކާ ގުޅޭ ދާއިރާއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، އީމެއިލާއި، ފެކުހުގެ ޒަރީޢާއިން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި:

މަޤާމަށް  އެދޭ  ޝަރުޠު  ފުރިހަމަވާ  ފަރާތްތަކުން، 26  އޮގަސްޓު  26  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.30 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމާއި، ބަޔާންކޮށްފައިވާ ލިއުންތައް، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، 10 ސެޕްޓެންބަރު 2015 އާއި 29 ސެޕްޓެންބަރު 2015 އާ ދެމެދުގައި ދ. ބަނޑިދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް މި ސުކޫލުގެ 7952916 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

- މި ޤާމަކީ ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހަށް ހަމަޖެއްސޭ މަޤާމެކެވެ.

2 ޛުލްޤަޢިދާ 1436
 
17 އޮގަސްޓް 2015
ހޯދާ