ދިވެހިރާއްޖެ
ނަންބަރު: 258/258/2025/27(IUL)
އިޢުލާން
މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ސްޓޭޖެއް ފަރުމާކޮށް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ސްޓޭޖެއް ފަރުމާކޮށް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
މަޢުލޫމާތު ސާފުކުރުން |
16 އޭޕްރިލް 2025 (ބުދަ) |
ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމް |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
30 އޭޕްރިލް 2025 (ބުދަ) |
ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމް |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ސައްވާލް 1446
8 އޭޕްރިލް 2025
އަބްދުއް ސައްތާރު ޙަސަން
ކައުންސިލްގެ ރައީސް