ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަގުފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް          

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                                                                       ނަންބަރު:N-11-C-A/2025/09

 

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ދޮވެ ސާފުކޮށް ކުލަލައިދޭނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 13 އޭޕްރީލް 2025 ދުވަހުގެ 13:00 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޭޕްރީލް 2025 ދުވަހުގެ 13:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ދެންނެވި ތާރީޚްގައި މައުލޫމާތު ހޯދުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

10 ޝައްވާލް  1446

8 އޭޕްރީލް   2025

08 އެޕްރީލް 2025
ހޯދާ