ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
ފ.އަތޮޅު ތަޢުލީމީ މަރުކަޒު |
|
|
ފ.ނިލަންދޫ، |
އިޢުލާން ނަންބަރ: |
(IUL)GS37-B/GS37/2025/08 |
ދިވެހިރާއްޖެ. |
ޕްރޮކިއުމަންޓް ނަންބަރު: |
(P)GS37/2025/03 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
- މި މަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މި މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ތިރީގައިވާ އީމެއިލް މެދުވެރިކޮށް، ގެޒެޓު ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރައްވައި، އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ކޮޕީ، ވިޔަފާރި/ކުންފުނި/އިންވެސްޓްމަންޓަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީއާއެކު، 2025 އެޕްރީލް 14 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އެޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025 އެޕްރީލް 17 ވަނަ ދުވަހުގެ 11:00 ގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
- ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7952909
އީ-މެއިލް: [email protected]
10 ޝައްވާލު 1446
08 އެޕްރީލް 2025
08 އެޕްރީލް 2025
ހޯދާ