ދިވެހިރާއްޖެ
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ ނަންބަރު: (IUL)GS-59-AD/INDIV/2025/29
އިޢުލާން
މިސްކޫލްގެ ކްލާސްރޫމްތަކުގެ ދޮރުތަށް ބަދަލުކުރުން
މި ސްކޫލުގެ ލައިބްރަރީ ހިމެނޭ ޢިމާރާތްތަކުގެ ކުޑަދޮރު އަދި ބޮޑުދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޭޕްރީލް 08 ން 2025 އޭޕްރީލް 10އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޭޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 އޭޕްރީލް 20 ވާ އާދީއްތަ ދުވަހުގެ 12:30 ގައި މި ސްކޫލްގައެވެ.
ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.
ފޯން: 6540540 އީމެއިލް: [email protected]
10 ޝައްވާލް 1446
08 އޭޕްރީލް 2025