ދިވެހިރާއްޖެ
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ ނަންބަރު: (IUL)GS-59-AD/INDIV/2025/28
އިޢުލާން
ސުކޫލްގެ ޕްލޭއޭރިއާގައި ޕޫލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ސުކޫލްގެ ޕްލޭއޭރިއާގައި ވެލިކުޅޭތަނެއް އަދި ޕޫލްއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު 9:00 ކުރިން ސުކޫލްގެ އިދާރާއަށް ޙާޒިރުވެ ނުވަތަ 6540540 ގުޅުއްވައިގެން ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތާ ބެހޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި ފުނަދޫސުކޫލްގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުމަށް އެދެމެވެ.
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.
ފޯން: 6540540 އީމެއިލް: [email protected]
10 ޝައްވާލް 1446
08 އޭޕްރީލް 2025