އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފެހުމާއި ޑިޒައިންކުރުން އަދި ޔުނީފޯމު ފޮތި ހޯދުމަށް

މިކޮމާންޑުގެ މުވައްޒަފުންގެ ޔުނީފޯމު ފެހުމާއި ޑިޒައިންކުރުން އަދި ޔުނީފޯމު ފޮތި ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)453-LTM/1/2015/5) އާ ގުޅިގެން އެކަށީގެންވާ މަޢުލޫމާތު ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މި ކޮމާންޑުގެ މައިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު މަތީގައި ބަޔާން ކޮށްފައިވާ 3 މަސައްކަތަށް ވަކިވަކިން އަގު ހުށަހެޅުއްވުން ވެސް އެދެމެވެ. މި އިޢުލާނަކީ މިގޮތުން ކުރެވޭ 3 ވަނަ އިޢުލާން ކަމުގައިވާތީ މަޢުލޫމާތު ފުރިހަމަވާ އެއްފަރާތް އަންދާސީހިސާބު ހުށަހެޅިކަމުގައިވިޔަސް އެފަރާތަކަށް އެވޯޑު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

13 އޮގަސްޓް 2015
ހޯދާ