މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ހުޅުމާލެ ޖަލު ޔުނިޓް 6ގެ ވިންގް 1 އަދި 2 އާއި ކ.މާފުށީ ޖަލުގެ ޔުނިޓް 3ގެ ވިންގް 2 އަކީ އާއްމު ޖަލެއްގެ ގޮތުގައި އަދި ހުޅުމާލެ ޖަލު ޔުނިޓް 6ގެ ވިންގް 3 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައެޅުން

އިޢުލާން

     ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުޅުމާލެ ޖަލު ޔުނިޓް 6ގެ ވިންގް 1 އަދި 2 އާއި ކ.މާފުށީ ޖަލުގެ ޔުނިޓް 3ގެ ވިންގް 2 އަކީ  އާއްމު ޖަލެއްގެ ގޮތުގައި 2025 މާރިޗު 19  ކަނޑައަޅައި އަދި ހުޅުމާލެ ޖަލު ޔުނިޓް 6ގެ ވިންގް 3 އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި 2025 މާރިޗު 19 ގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިޖަލުތަކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދަށުން ހިނގާ ޖަލުތަކެއްކަން އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.

07 އެޕްރީލް 2025
ހޯދާ