ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫ ކުނިކޮށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ނަންބޯޑުތައް ހަރުކުރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

 

 

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.

 

                                 ފިއްލަދޫ ކުނިކޮށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ނަންބޯޑުތައް ހަރުކުރުމަށް ފްރޭމްތަކެއް ތައްޔާރުކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                      ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                      މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                      މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ޕްރޮކިއުމަންޓް ނަމްބަރ 6500353 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 އެޕްރީލް 2025
ހޯދާ