މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
05 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށްހިފުން

އިޢުލާން

އެޕާރޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެއްޖެ:

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު:                

            ކ.މާފުށީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް 05 ކޮޓަރީގެ އެޕާޓްމެންޓެން ކައްކާ ކެވޭގޮތަށް 03 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

            ވީމާ، މިފަދަތަނެއް ކުއްޔައް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް މެއިލް ކުރުން އެދެމެވެ. ނުވަތަ މި ހޮސްޕިޓަލުގެ އޮފީހަށް ފޯމް ހުށަހެށުން އެދެމެވެ.  

            ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2025 އޭޕްރީލް 13 ވާ އާދީއްތަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ.

           ބީލަން ހުޅުވުން އޮންނާނީ 2025 އޭޕްރީލް 17ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ހޮސްޕިޓަލުގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްތަކައި ދަންނަވަމެވެ.

            ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

             އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު 6640410 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

09 ޝައްވާލް 1446

07 އޭޕްރީލް 2025

07 އެޕްރީލް 2025
ހޯދާ