މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ނުވަ ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީ.އެސް.އޭ އެކްސްޕޯ) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގ ގައި މިއަހަރުގެ ޖޫން މަހު ބާއްވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި، އެހެން އަހަރުތަކެކޭ އެއްގޮތަށް، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުގެ ފުރުޞަތު ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަން ޗައިނާ ސަރުކާރުގެ ފަރާތުން ވަނީ އަންގާފައެވެ.  އަދި ދިވެހިރާއްޖޭގެ ފަރާތުން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައިވެއެވެ.

ސީ.އެސް.އޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާއް އެކްސްޕޯ އެކެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެހެންކަމުން މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމުގައި މި މިނިސްޓްރީން ދެކެމެވެ.

މި އެކްސް ޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އިއުލާންއާއެކުގައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އެޕްރީލް 2025 ގެ ކުރިން [email protected]  އީމެއިލްކުރެއްވުން އެދި ދަންނަވަމެވެ. ދިވެހިރާއްޖެއަށް ބޫތް ލިބޭ މިންވަރަށްބަލައި، 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވޭނެ ވާހަކަ ދަންނަވަމެވެ.

07 އޭޕްރިލް 2025
ހޯދާ