ދިވެހިރާއްޖެ
އަންދާސީހިސާބު
މިމިނިސްޓްރީގެ ނަންބަރު 70/IUL)30-C/1/2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނުގޮތަށް އެއްވެސް ފަރާތަކަށް ސާމްޕަލްހުށަހެޅިފައިނުވާތީ، މިއިޢުލާން ބާޠިލުކޮށް، އަލުން ކަނދުފަތި ތައްޔާރުކުރުމުގެ މަސައްކަތަށް ތިރީގައި ތަފުސީލު ދެވިފައިވާ ގޮތަށް ޓްރޯލް ފްލޯޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1.
- ބޭނުންވާ އަދަދު :- 10000 (ދިހަހާސް) (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނަން އެންގްރައިވްކޮށް އަޅާފައި)
- ކުލަ :- ބްރައުން
- ސައިޒް:- 150 އެމް.އެމް. ދިގު، 105 އެމް.އެމް ފުޅާ، 25 ވަށަމިން ލޯވަޅުގެ
2.
- ބޭނުންވާ އަދަދު :- 10000 (ދިހަހާސް)
- ކުލަ :- ބްރައުން
- ސައިޒް:- 150 އެމް.އެމް. ދިގު، 105 އެމް.އެމް ފުޅާ، 25 ވަށަމިން ލޯވަޅުގެ
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
27 އޮގަސްޓު 2015 ބުރާސްފަތި ދުވަހުގެ 10:00 އަށް |
23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.