މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ވެލްޑަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / ޅ.އަތޮޅު

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ ވެލްޑަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް –1 އަހަރު ދުވަސް (ފުރަތަމަ 03 މަސް ދުވަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖިނިއަރިންގ ޑިޕާޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

 9808.4 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ގުރޭޑު 7 ގެ ފެންވަރު ހުރުމާއެކު މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.
  • ނުވަތަ ވެލްޑިންގ  ދާއިރާގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 އޭގެތެރޭގައި:

  • ގޭސް ކަޓަރުން މެޓަލް ޝީޓް ކެފުމާއި، ހޮޅި ބުރިކުރުން.
  • އާރކް ވެލްޑިން އާއި
  • ހުރިހާ ޕޮޒިޝަނެއްގައި ވެލްޑިން ކުރަން އެގުން ( ހޮރިޒަންޓަލް، ވަރޓިކަލް އަދި އޯވަހެޑު )
  • ޖޮއިންޓް ވެލްޑުކުރަން އެގުން ( ޓީ ޖޮއިންޓް، ކޯނަރ، ލެޕް، އަދި އެޖް ޖޮއިންޓް )
  • ޓިގު ނުވަތަ ބުރީޒިން ދަންނަ މީހުންނަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤަވައިދުތަކަށް ބޯލަބައި ޢަމަލުކުރުން.
  • ގަޑިއަށް ސަމާލުވެ، ވަޒީފާއަށް ޙާޒިރުވުން. އަދި ކަޑައެޅިފައިވާ ޔުނިފޯރމް ފުރިހަމަ ކުރުމާއި، ސޭފުޓީ ޤާއިމުކުރުން.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރުން.
    • ސްޕަވައިޒަރުގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާ އެއްގޮތަށް ވެލްޑިންގެ މަސައްކަތް ކުރިޔަށް ގެންދިއުން.
    • މަސައްކަތް ކުރާ ސައިޓްތަކަށް ދާން ޖެހިއްޖެ ހާލަތެއްގައި، ސައިޓްތަކަށް ގޮސް މަސައްކަތް ކުރުން.
    • ކޫއްޑޫގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
    • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ދަމަހައްޓަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (އޮފަރ ލެޓަރ ހުށަހެޅުމުން )

ޅ.މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 10 އޭޕްރީލް 2025 ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: ިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

06 އެޕްރީލް 2025
ހޯދާ