މަޤާމު
|
ސްކިޕަރ
|
ބޭނުންވާ ޢަދަދު
|
1 ( އެކެއް )
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް، 01 އަހަރު ( ފުރަތަމަ 03 މަސް ދުވަސް ޕްރޮބޭޝަން)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފްލީޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
|
މުސާރަ:
|
14300.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާއި އަދި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
|
ޝަރުޠު:
|
- ކަނޑު މަތީގައި ދުއްވާ އުޅަދުފަހަރު ކެޓަގަރީ ސީ.ޑީ ލިބިފައިވުން،
- ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
- މަސައްކަތުގައި ތަޖުރިބާ ލިބިފައިވުން
- މަސައްކަތާއި ގުޅޭ ދާއިރާއިން ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- މަސްގަތުމުގެ މަސައްކަތް ކުރުން
- ބޯޓު ބަނދަރުތަކަށް ފުރުމުގެ ކުރިން ތެލާއި ފެނާއި ހަމަޔަށް ހުރިތޯ ބެލުން
- ކަނޑައަޅާފައި އޮންނަ ގަޑިތަކުގައި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށް ރާވާ ބޯސަންއާއި ޙަވާލުކޮށް އެމަސައްކަތްތައް ކުރިޔަށްދާގޮތްބަލާ މޮނިޓަރ ކުރުން.
- ދަތުރުތައް ކުރާއިރު ދިމާވެދާނެ ޙާދިޘާއަކަށް ވިސްނާ ރައްކާތެރި ކަމާއެކު ބޯޓުގައި ބެހެއްޓިފައިވާ ޖީ.ޕީ.އެސް، ސަމުގާ، ރާޑަރ ފަދަ ތަކެތީގެ އެހީގައި ދަތުރު ކުރުން.
- ކެލެކްޝަން ޝެޑިއުލް ބެލެހެއްޓުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 10 އޭޕްރީލް 2025 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|