ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތީގެ ރަޖިސްޓްރީ ގެއްލިގެން
ގދ.ފިޔޯރީ ގުލާބީވިލާ، ނާޒްނީނާ ތުއްތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގދ.ފިޔޯރީ "ގުލާބީވިލާ" ކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ (IR-422/2022/15) ގެއްލިގެން ރަޖިސްޓްރީ އައުކުރުމަށް ވަނީ މިކައުންސިލަށް ހުށައަޅާފައެވެ.
ވީމާ، މިދެންނެވި ގދ.ފިޔޯރީ ގުލާބީވިލާ ކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 9 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 އެޕްރީލް 2025
ހޯދާ