މަޤާމް :
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/15,000ރުފިޔާ (ފަނަރަހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/5،500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ހިއުމަން ރިސޯރސަސް ދާއިރާއިން މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސަސް ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
ނުވަތަ
- ހިއުމަން ރިސޯރސަސް ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސް ދާއިރާގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު އެގްޒެކެޓިވް ރޯލެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- ހިއުމަން ރިސޯރސަސް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން
- ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން
- މުވައްޒަފުންގެ ޓްރޭނިންގ ނީޑްސް ދެނެގަތުމާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް އެކަށައަޅައި ތަންފީޒުކުރުން
- އެޗްއާރު ޕޮލިސީތަކާއި ޕްރޮސެސްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ކުރެވޭ އިންޓަރވިއު އިން ފާސްވުން.
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން ހަވީރު 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 13 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 13 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://www.maldivespost.com/media/downloads/job-application-form
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|