ދިވެހިރާއްޖެ
އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވާ މ.މަޑުއްވަރީ ފުޓްސަލްޓީމު މެނޭޖްކުރާނެ ފަރާތެއް ހޯދުން
މުލަކަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން މެއި 15 ގައި މ.ކޮޅުފުށީގައި ބޭއްވުމަށް ނިންމާފައިވާ އަތޮޅު ފުޓްސަލް މުބާރާތުގައި ގައި ބައިވެރިވާ މި ކައުންސިލްގެ ފުޓްސަލްޓީމް މުބާރާތައް ތައްޔާރު ކުރުމާއި، މުބާރާތުގެ މެޗު ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ މ.މަޑުއްވަރީގެ ކްލަބް ޖަމުއިއްޔާތަކަށް މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމް ގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓް ޖަދުވަލް 1 ގައިވާ ގޮތުގެ މަތީންނެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 14 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނީ އަންނަނިވި މެއިލް އެޑްރެހަށްކަމުގައި ދަންނަވަމެވެ. އީމެއިލް އެޑްރެސް : [email protected]މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.