ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމެޓީގެ އާއްމު މެންބަރުކަމަށް ކުރިމަތިލުމަށް

  • ·        ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީ ނެގުން،

                  ކުޑަހުވަދޫން ގޯތިދޫކުމަށްޓަކައި ކައުންސިލުން އެކުލަވާލާ ގޯތިކޮމެޓީގައި މަސައްކަތް ކުރުމަށް އާއްމުންގެ ތެރެއިން 2 ބޭފުޅުން ނެގުމަށް ބޭނުންވާތީ، ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން ތަމްސީލް ކުރާ  މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • މެންބަރުންގެ މައިގަނޑު މަސައްކަތްތައް

01- ގޯތި ދޫކުރުމަށް ބޭނުންކުރާ އެންމެހާ ޑޮކިއުމަންޓްތައް ޗެކްކޮށް ފައިނަލް ކުރުން

02- ގޯތި ދޫކުރުމުގެ ގައިޑްލައިން އާއްމުންގެ ޚިޔާލަށް ހުޅުވާލުން

03- ގައިޑް ލައިނަށް އާއްމުން ހުށައަޅާ ޝަކުވާތަކާ ޚިޔާލުތައް އިވެލުއޭޓްކުރުން

04- ގޯއްޗަށް އެދި ހުށައަޅާ ފޯމްތައް އިވެލުއޭޓްކުރުން

05- ފޯމުތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ޑްރާފްޓް ލިސްޓް އާއްމުކުރުން

06- ޕޮއިންޓް ލިބިފައިވާގޮތަށް އާއްމުން ހުށައަޅާ ޝަކުވާ އިވެލުއޭޓްކުރުން

07- ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް އާއްމުކުރުން

08- ގުރުއަތުލަންޖެހޭ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށް ގެންދިއުން

09- ގޯތި ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އާއްމުކުރުން

10- ގޯތި ނަންބަރު ގުރުއަތުލުންކުރިޔަށް ގެންދިއުމާ، ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ޙަވާލުކުރުން

        ވީމާ ގޯތިކޮމިޓީގައި  އާއްމު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 2025 އޭޕްރީލް 17 ވަނަ ދުވަހުގެ 14:00ގެ ކުރިން، ވަނަވަރު ބަޔާންކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ބޭނުންވާ ޢަދަދަށްވުރެ، ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ މެންބަރަކު ނަގާނީ މިއިދާރާއިން އިންޓަވިއުކުރުމަށްފަހުގައެވެ. މެމްބަރަކު ހަމަޖެއްސުމުގައި މިހާރު ގޯއްޗެއް ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.   

06 އެޕްރީލް 2025
ހޯދާ