މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު (ތިންވަނަ އިޢުލާން)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ބޭނުންވާ އައުޓްރީޗް އޮފިސަރ ކޮމިއުނިކޭޝަންސް ވިތް ޕަބްލިކް އެވެއަރނަސް އެންޑް އެޑްވޮކަސީ ޕްރޮގްރާމްސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: (IUL)438-ENV/438/2024/421 (30 ސެޕްޓެމްބަރ 2024) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަޝްރޫޢުއަށް ބޭނުންވާ އައުޓްރީޗް އޮފިސަރ ހޯދުމަށް އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި ކޮންސަލްޓަންސީ ޚިދުމަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަން ވާނެއެވެ.

ބީލަން ހުށަހަޅާނީ  15 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ ރިސެޕްޝަންއަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 އޭޕްރިލް 2025 ވަނަ ދުވަހު ހެނދުނު 10:05 ގައި މި ކޮންސަލްޓޭޝަން ޚިދުމަތަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ކޮންސަލްޓަންސީ ޚިދުމަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 10 އޭޕްރިލް 2025 ވަނަ ދުވަހުގެ  12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ކޮންސަލްޓަންސީ ޚިދުމަތުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

ކޮޕީ: [email protected]

 

 

އެޕްލިކޭޝަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open On or Before 15th April 2025, 10:05hrs – “Consultancy for Outreach Officer Communications with PublicAwareness and Advocacy Programs (National) (Individual)– (IUL)88-ENV/88/2025/57and the submitting party’s name and address

 

ޕްރޮކިއުމަންޓް ސެކްޝަން،

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

ފާށަނާ މާލަން، ދަރުބާރުގެ، އަމީނީމަގު، ހެންވޭރު، މާލެ، 20344، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.

06 އެޕްރީލް 2025
ހޯދާ