ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގައިނަކޮލޮޖީ ވޯޑުގެ ފާހަނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގައިނަކޮލޮޖީ ވޯޑުގެ ފާހަނާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ތެރޭގައި ހިމެނެނީ ފާހަނާގެ ތަޅުމުގެ މުށިކޮށާ އަލުން މުށި ޖެހުމާއި ފާރުގައި ފިލާ ޖެހުމެވެ. މި މަސައްކަތުގެ ސައިޓް ވިޒިޓްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 އެޕްރީލް 2025 ވާ ހޯމަ ދުވަހުގެ 10:00 އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި މި މަސައްކަތުގެ ކޯޓޭޝަން ހުޅުވުން އޮންނާނީ 08 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 14:15 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކޯޓޭޝަނާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ އެމިނިސްޓްރީ އިން ދޫކުރާ ވިޔަފާރީގެ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

06 އެޕްރީލް 2025
ހޯދާ