ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ސާފް ކުރުމަށް މުވައްޒަފުން ހޯދުމާއި ގުޅޭ

ޢިޢުލާން

މަޤާމް:

މަސައްކަތު

ވަޒީފާގެ މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ

މުސާރަ އާއި އެލަވަންސް

2150 ރުފިޔާ (މަހަކު) އަދި ރަމަޟާންމަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ

ބޭނުންވާ ޢަދަދު:

04

މަސައްކަތު ވަގުތު:

ދުވާލަކު 2 ގަޑިއިރު

މަޤާމުގެ ޝަރުޠުތައް:

  1. ދިވެއްސަކު ކަމުގައިވުން
  2. ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  3.  ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަން ހުރި މީހަކު ކަމުގައިވުން.
  4.  ސަރުކާރު ވަޒީފާއެއް އަދާ ކުރާ މީހެއްކަމުގައިނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު

 

  1. ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ ސާފުކުރުން.
  2. ކައުންސިލް އިދާރާއިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި އެހީތެރިވެދިނުން.
  3. ޚާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      ލިބިފައިވާ މަސައްކަތު ތަޖުރިބާ

2-      މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނަ ތަނާއި، ތާރީޚް އަދި ދުވަހާއި ގަޑި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް މިއިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ އާއި، އައިޑީ ކާރޑްގެ ކޮޕީއާއިއެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު އިޢުލާން ނަންބަރާއި ކުރިމަތިލައްވާ މަޤާމް އަދި ގުޅޭނެ ފޯން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820017 އަށެވެ.


                          08 ޝައްވާލް  1446

06 އެޕްރީލް 2025
ހޯދާ