ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

އިޢުލާން

މިމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ލެބޯޓްރީ އެސިސްޓެންޓް

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ނަންބަރު

188-OD/22/2015/14

ރޭންކް:

ޖީ.އެސް 4

މަޤާމު އޮތް އޮފީސް:

ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ

މުސާރައާއި އެލަވަންސް:

މުސާރަ: -/5020ރ   ސަރވިސް އެލަވަންސް: -/1500ރ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  • ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުން.
  • ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް، މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ލަފާގެމަތިން، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.
  • ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން.
  • ޕްރެކްޓިކަލް ހަދަން ލެބަށްދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން.
  • ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުވުން.
  • ލެބޯޓްރީގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.
  • ސެޝަން ނިމުމުން، ދޮރުތައް ލައްޕައި، ސްޓޯރޫމާއި ލެބް ތަޅުލުން.
  • ސެޝަން ފެށުމުގެ ކުރިން ގަވާއިދުން ސްކޫލް އޮފީހުން ތަޅުދަނޑި ނަގައިގެން ލެބް ހުޅުވުމާއި، ސެޝަން ނިމުމުން، ލެބް ތަޅުލުމަށްފަހު، އޮފީހާ ތަޅުދަނޑި ހަވާލުކުރުން.  

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ:

ފޯން:  6500014

ފެކްސް: 6500560

މެއިލް އެޑްރެސް: [email protected]

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސިވިލް ސާރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިންނާއި މިމަރުކަޒުން ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ. ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފުކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • މަސައްކަތު ތަޖުރިބާ ދެނަގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

އިންޓަރވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ވަގުތު އިޢުލާނުގެ މުއްދަތު ހަމަވުމުން ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެ ވާހަކަ ދެންނެވީމެވެ. އިންޓަރވިއު އޮންނާނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ