ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމެންޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމު: ރިލީފް ޓީޗަރ

މުއްދަތު: 04 މަސްދުވަސް

ބޭނުންވާ އަދަދު: 01 

މަސައްކަތްކުރަން ޖެހިފައިވާ ތަން: ކ.ހުރާ ސްކޫލް

ރަށް: ކ.ހުރާ

ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ

މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

 

 

- އެސްއެސްސީ އިމްތިޙާންގެ 1 މާއްދާއިން ފާސްވުމާއެކު ކޭމްބްރިޖް އޯލެވަލް ނުވަތަ އައިޖީސީއެސްއީ 2 މާއްދާއިން ފާސްވެފައިވުން.

-/4000

-/1500

ރިލީފް ޓީޗަރ

 

 

GS4

ޓީޗިންގ ސާރވިސް އޮފިސަރ

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

-/5020

-/2500

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

- ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-/5610

-/2500

ރިލީފް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

-/6295

-/2500

ރިލީފް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

-  ޓީޗިންގ ސާރވިސް އޮފިސަރ 3 ގެ މަޤާމުގައި ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035

-/2500

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގެ މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ޕްރައިމަރީ އަދި މިޑްލްސްކޫލްގެ ކުލާސްތަކުން ހަވާލުކުރެވޭ ގަޑިތައް ނަގައިދިނުން.
  2. ސްކޫލުގައި ހިންގޭ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުން.
  3. ސްކޫލުގެ ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރި އެރުމަށް ހިންގޭ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
  2. ކިޔަވައިދެއްވަން ހަވާލުކުރެވޭ ކުދިންނަށް އެއަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތް ކުރެއްވުން.
  3. ސްކޫލް ދަރިވަރުންގެ އަޚުލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުން.
  4. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވުމަށް ޝައުޤުވެރިވުން.
  5. ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީ ބޭނުންވެއްޖެ ހިނދެއްގައި އުފައްދަވައިގެން ބޭނުން ކުރެއްވުން.
  6. ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލު ކުރުމާއި ނަސޭހަތްތެރިވުން.
  7. މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓްގެ ޙަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތް ކުރެއްވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  • މުއްދަތު ހަމަނުވާ އައިއިޑީކާޑުގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވޭ އިންޓަރވިއު
  • ހުށަހަޅާފައިވާ ތައުލީމީ ސެޓުފިކެޓު

އިންޓަރވިއު:

  މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުއެވެ.

ސުންގަޑި:

މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު ސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 6640177 ފޯނާ ގުޅުއްވުން އެދެމެވެ.

24 ޝައްވާލް 2015

09 އޮގަސްޓް 2015
ހޯދާ