ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރުދުވަހަށް މިސްކޫލުގެ ސެކިއުރިޓީ  ބަލަހައްޓާދޭނެ ފަރާތެއް ހޯދަން

ބޭނުންވެއްޖެއެވެ. 

ވީމާ މި މަސައްކަތް ކޮށް ދިނުމަށް ޝައުޤުވެރިވާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ

ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި

ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 އެޕްރީލް 2025 އިން 06 އެޕްރީލް 2025 އަށް ހުކުރު

ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް

މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އެސް އެމް އެސް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވިދާނެއެވެ.

ނަމްބަރު ތިރީގައި ވާނެއެވެ. އީމެއިލް އެޑްރެސް ތިރީގައި އެވަނީއެވެ.

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 އެޕްރީލް 2025 ވާ އާދީއްތަ  ދުވަހުގެ 10:00

ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  08 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00

 ގައި މިސްކޫލް އޮފީހުގައެވެ.

ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

މަސައްކަތުގެ އަގު                            60 ޕަސެންޓް

މަސައްކަތުގެ ތަޖުރިބާ                          10 ޕަސެންޓް

ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް    30 ޕަސެންޓް

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރަތަފަންދޫ ސްކޫލް

ގދ ރަތަފަންދޫ، ދިވެހިރާއްޖެ

ފޯން: 7983087

އީމެއިލް: [email protected]

02 އެޕްރީލް 2025
ހޯދާ