ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

ރޭންކް:

އެމްއެސް 1

ކުލެފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގުރޭޑް 1

މަޤާމުގެ ނަންބަރު:

266526

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

ސެކްޝަން/ ޔުނިޓް:

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 ބޭނުންވާ އަދަދު:

01 ( އެކެއް )

ތަޢުލީމާއި ތަޖުރިބާ:

1. އާކިޓެކްޗަރ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އާކިޓެކްޗަރ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. އާކިޓެކްޗަރ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. އާކިޓެކްޗަރ ދާއިރާއިން ނުވަތަ ޕްރޮޖެކްޓް މެނޭޖުމެންޓް ދާއިރާއިން ނުވަތަ  އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒުނަސް ދާއިރާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތައް:

1- ރަށުގެ ބިންބިމުގެ ދަފުތަރު އެކުލަވާލައި އެދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފުތަރު އެކުލަވާލައި ބަލަހައްޓައި އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގޯތިދޫކުރާނެ ތާރީޚެއް ކަނޑައެޅުމުން އިޢުލާނު ކުރުމާއި، ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމުދޫކުރުން.

2- އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރު ކުޅޭ ޢާންމު ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި އާންމު ޕާކުތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

3- އާޘާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވާ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

4- މަގުމަތީގައި މީހުން ހިނގާ އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީ ނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

5- ރަށަށް އަންނަ އެކިއެކި ޓީމުތަކުގެ އެންމެހާ ކަންތައްތައް ބަލަހަޢްޓައި އިންތިޒާމުކޮށް ބެލެހެއްޓުން

6- ރާއްޖޭން ބޭރުން އައިސްވަންނަ އުޅަނދުފަހަރާބެހޭ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިއުން.

7- ސަރުކާރުގެ ޚަރަދުގައި ބޭސްފަރުވާކުރަންޖެހޭ ބަލިމީހުންނާއި، އެމީހުންނާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން. ބުއްދި ހަމަނުޖެހޭ މީހުންނާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

8- ހާލުގައިޖެހޭ އުޅަނދުފަހަރާ ބެހޭގޮތުން ދިމާވާ އެންމެހާ ކަންކަމުގައި ކުރަންޖެހޭ ކަންތައްތައްކޮށް ނިންމުން.

9- ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓުފިކެޓު ހެއްދުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.

10- އެއްގަމުގައި ދުއްވާ އެންމެހާ ތަކެތީގެ ލައިސަންސް ދޫކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

11- ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދާއި އަދި މިނޫންވެސް މިފަދަ އެހެނިހެން ކަންކަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.                       

12- ބިދޭސީންނާބެހޭ ކަންތައްތައް ބެލެހެއްޓުން.

13- ރަށުކައުންސިލްގެ އިދާރާއާއި، ރައްޔިތުންގެ ޢިމާރާތްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި، އެތަންތާނގެ ސްޓޮކް ލިޔެ ބެލެހެއްޓުން.

14-  ވިޔަފާރިކުރުމަށް ހުއްދަ ދޫކުރުމާއި، ހުއްދަ ބާޠިލު ކުރުމާއި، ސައިހޮޓާ ކެންޓީނު ފަދަ ތަންތަނަށް ދޫކުރަންޖެހޭ ސާފުތާހިރުކަމުގެ ސެޓުފިކެޓު ދޫކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާ ތަޖުރިބާ

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

އުޖޫރައާއި އިނާޔަތްތައް:

ސިވިލްސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ލިޔުމުން ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުނަތަކާއިއެކު 20 އޯގަސްޓް 2015 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. މި ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓް ކޮއްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ލިޔުމުގެ އަސްލު، އިންޓަރވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. (އައިޑީކާޑުގެ އަސްލު، އިންޓަރވިއު އަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500016 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.    

21 ޝައްވާލު 1436

06 އޮގަސްޓް 2015
ހޯދާ