ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

އެކައުންޓްސް އޮފިސަރ      

ކުލެސިފިކޭޝަން:

ޓެކުނިކަލް އޮފިސަރ ގުރޭޑް 1

ރޭންކް:

MS1

މުސާރަ:

5610:00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- ސަވިސް އެލަވަންސް  2000:00 ރ

- މިމަގާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

މަޤާމު ބޭނުންވާ

ސެކުޝަން:

ކޯޕަރޭޓިވް އެފެއާޒް 

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:

ލ. އަތޮޅު ކައުންސިލްގެ އިދާރާ ލ. ފޮނަދޫ

މަޤާމުގެ ޝަރުޠުތައް:

1- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެކައުންޓިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 އަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.


މަޤާމުގެ މަސްއޫލިއްޔަތު:

  1. ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ގެނައުމަށް ބޭނުންވާ ވައުޗަރާއި ސަޕޯޓިންގ ޑޮކިޔުމެންޓް ތައްޔާރުކޮށް ހުށަހެޅުން.
  2. ކޮންމެ މަހެއް ނިމުމުން ފިނޭންސް މިނިސްޓްރީން އެކްސްޕެންޑިޗަރ ރިޕޯޓް ހޯދައި ބަޖެޓް (ސަރުކާރުންދޭ އެހީ) ބާކީކުރަމުން ގެންދިޔުން.
  3. ސަރުކާރުން ދޭ ބަޖެޓްގެ ޚަރަދު ރިޕޯޓް ހަދައި ފޮނުވުން.
  4. ބަޖެޓްގެ އެއްބައިން އަނެއްބަޔަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި ބަޖެޓް ކޮންޓްރޯލް ހަދައި ފިނޭންސަށް ހުށަހެޅުން.
  5. 03 ނަންބަރު އެކައުންޓް ބާކީކުރުން.
  6. 03 ނަންބަރު އެކައުންޓްގެ އައިޓަމްތައް ބާކީކުރުން.
  7. 03 ނަންބަރު އެކައުންޓުގެ ޚަރަދު ވައުޗަރ ހެދުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް އެފައިސާ ދެއްކުން.
  8. 03 ނަންބަރު އެކައުންޓުގެ ވައުޗަރ ރަޖިސްޓަރީއާއި ޗެކު ރަޖިސްޓަރީ ބެލެހެއްޓުން.
  9. 03 ނަންބަރު އެކައުންޓުގެ ރިޕޯޓް ހަދައި ރިކޮންސައިލް ކުރުން

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނު

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން.

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު

2- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ވަޒީފާ އަދާކުރި ނުވަތަ އަދާކުރާ އޮފީހަކުން ދޫކޮށްފައިވާ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއިދާރާއަށް

އިތުރު މަޢުލޫމާތު

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
  • މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800713 ނަންބަރު ފޯނާއެވެ. 

25 ޝައްޥާލް 1436

10 އޮގަސްޓް 2015
ހޯދާ