ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބު 2025

އަހަރީ ޢާންމު ޖަލްސާ އަދި އެސް-އޯ މޯލްޑިވްސްގެ އައު ހިންގާ ކޮމިޓީގެ އިންތިޚާބު 2025

29 މާރިޗް 2025 ގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) އިން ގެޒެޓްގައި

(ގެޒެޓް ނަންބަރު: SOM/IUL/2025/002) ޝާޢިއު ކޮށްފައިވާ ފަދައިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ 

އަހަރީ ޢާއްމު ޖަލްސާ 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ބޭވުމަށް ވަނީ ނިންމާފައެވެ.

މިޖަލްސާގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ ދެވަަނަ ދައުރުގެ އިންތިޚާބު އޮންނާނެއެވެ.

ވީމާ މި އިންތިޚާބުގައި ވާދަކުރަން އެދޭ އެސް-އޯ މޯލްޑިވްސްގެ މެންބަރުންނަށް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު

ހުޅުވާލެވިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ޤަވާޢިދާއި މަޤާމުތަކަށް ކުރިމަތި ލުމަށް

ހުށަހަޅަންޖެހޭ ފޯމުގެ އިތުރުން ވޯޓުލެވޭ މެންބަރުންގެ ލިސްޓްވެސް މިގެޒެޓްގައި އެއްކަރުދާސް ކޮށްފައިވާކަން

އެންމެހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެހައި މެންބަރުންނަށް ހުޅުވާލަމެވެ.

  1. ޗެއަރޕާސަން
  2. ޖެނެރަލް ސެކްރެޓަރީ
  3. ޚަޒާންދާރު
  4. އައި.ޑީ (އިންޓެލެކްޗުއަލް ޑިސޭބިލިޓީ) އެކްސްޕާރޓް
  5. ފެމެލީ ރެޕްރެޒެންޓޭޓިވް
  6. އެތުލީޓް ރެޕްރެސެންޓޭޓިވް
  7. މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ 2 (ދޭއް) މެންބަރު

ވީމާ، މިމަޤާމުތަކަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކުން، ޝައުޤުވެރިވާ މަޤާމަށް ކުރިމަލާކަން ބަޔާންކޮށް

ސިޓީއަކުން އެންގުމާއެކު، އެކަމަށް އެދި ފުރިހަމަ ކުރަންޖެހޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު

07 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 1400 ގެ ކުރިން އެސް-އޯ މޯލްޑިވްސްގެ އިދާރާ

(ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް، ގްރައުންޑް ފްލޯ) އަށް، ނުވަތަ admin@somaldives.org  އަށް ހުށަހެޅުން އެދެމެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ އެސް-އޯ މޯލްޑިވްސް ގެ ރަސްމީ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.

31 މާރިޗު 2025
ހޯދާ