ދިވެހިރާއްޖެ
އިޢުލާން
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި އައްޑޫ ސިޓީން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި އައްޑޫ ސިޓީއިން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގައި ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ބައިވެރިވުމަށް ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ 5 ފަރާތަކަށް ސްޕޮންސަރ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/jpmC6dSHrpR2QHiX9
މައުރަޒާ ގުޅޭ އިތުރު މަޢުލޫމާތު www.expo.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނާއެކު މި މައުރަޒާއި ގުޅޭގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކާއި، ސުވާލުތަކުގެ ޖަވާބު އަދި އުފެއްދުން ބައިވެރިކުރާ ގިންތީގެ ކޯޑު ލިސްޓު އާންމުކުރެވިފައިވާނެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑި: 05 އެޕްރީލް 2025ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00ގެ ކުރިން.
ނޯޓު: ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 10 އެޕްރީލް 2025ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
ނޯޓު: ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 10 އެޕްރީލް 2025ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
29 މާރިޗު 2025
29 ރަމަޟާން 1446