ދިވެހިރާއްޖެ
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން |
|||
500 ފުރުސަތު |
ލޯނު ފުރުސަތުގެ އަދަދު: |
||
ހ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ށ.ލައިސަންސް |
ފެންވަރު: |
||
މި އިއުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ދާއިރާތައް. |
ދާއިރާ: |
||
"ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް |
ޝަރުތުތައް: |
||
30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 13:30 |
އެޕްލިކޭޝަން ހުށަހެޅޭނެ ސުންގަޑި: |
||
ކެޓަގަރީތައް: |
|||
މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 (ދޭއް) ގިންތިއަކަށެވެ. 1. އަލަށް ކިޔަވަންފަށާ ފަރާތްތައް: އަލަށް ކިޔަވަންފަށާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމަޔަށް، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ، ނުވަތަ ޓިއުޝަންފީ ދައްކައިފައި ނުވާ ފަރާތްތަކެވެ. 2. މިހާރު ކިޔަވަމުންދާ ފަރާތްތައް: މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުޞަތު ހުޅުވާލުމަށްކުރާ އިޢުލާނުގައި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން، މަތީތަޢުލީމުދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ފަރާތްތަކެވެ. |
|
||
ޓޮޕްއަޕް ލޯނަށް ހުޅުވާލެވޭ ޖާގަ: |
|||
- މިއީ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިތިބި ދަރިވަރުންނާއި، ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓަރންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. - މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ. - ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، "ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ފަރާތްތަކަށް ލޯނު ދިނުމުގައި، އެކަޑަމިކް މެރިޓް ސްކޯރއިން އެންމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
||
ދިވެހިރާއްޖޭގެ ޔުނިވަރސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކް އަށް ހުޅުވާލެވޭ ޖާގަ: |
|||
- މިއީ ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކް ގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ސްޓަޑީސް ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެކެވެ. - މި ފުރުސަތުގެ ދަށުން ދަރިވަރުން ހޮވާނީ މެރިޓް އުސޫލުންނެވެ. އަދި ކޮންމެ މަރުކަޒަކަށް ގިނަ ވެގެން ދެވޭނީ އެއް ފުރުޞަތެވެ. - މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކާއިއެކު، ކިޔެވުން ފުރިހަމަކުރުމަށްފަހު އެމަރުކަޒަކަށް ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް އޮންނަންވާނެއެވެ. |
|
||
ހައިލީ ޓެކްނިކަލް ދާއިރާތަކަށް ހުޅުވާލެވޭ ޖާގަ: |
|||
- މިއީ މި އިއުލާނުގެ ޖަދުވަލު 5 ގައި ބަޔަންކޮށްފައިވާ ހައިލީ ޓެކްނިކަލް ދާއިރާކަމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ދެވޭ ސްލޮޓްތަކެވެ. - މި ފުރުސަތައް އެދި އެޕްލިކޭޝަން ހުށަހަޅާނަމަ، މި އިއުލާނުގެ "ޖަދުވަލު 5 - ޓްރެއިންގް ނީޑްސް ރިކުއަރމަންޓް (ޓީއެންއާރް) ލިސްޓް" ގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެއް އިޚްތިޔާރުކުރައްވައި، ފޯމު ހަށަހަޅަންވާނެއެވެ. - މީގެ އިތުރުން، މި އިޢުލާނުގެ "ޖަދުވަލު 4 - ޓްރެއިނިގް ޕްރައިއޮރިޓީ ލިސްޓް" ގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި، އެ ފަރާތްތަކަށް އިތުރު 10 (ދިހައެއް) ޕޮއިންޓް ދެވޭނެއެވެ. |
|
||
ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުން: |
|||
- ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހާ ލިޔުންތަކާ އެކުގައެވެ. - ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެއް އެޕްލިކޭޝަން ފޯމެވެ. 1 (އެކެއް) އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިނަމަ، ނުވަތަ އެޕްލިކޭޝަނާއިއެކު ހުށަހަޅާންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އެ ފަރާތެއްގެ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
|||
- ދަރިވަރާއި ގެރެންޓަރގެ އައި.ޑީ.ކާޑް ކޮޕީ - ސެކަންޑްރީ/ހަޔަރ ސެކަންޑްރީ އިމްތިހާން ނުވަތަ އައިބީ ޑިޕްލޮމާ ފިޔަވައި ރާއްޖޭން ބޭރުގައި ކިޔަވައިގެން ހާޞިލްކޮށްފައިވާ ރާއްޖޭގައި އާއްމުކޮށް ބޭނުންނުކުރާ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެސެޓްފިކެޓްގެ ފެންވަރު ބަޔާންކޮށްދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ލިޔުމެއް - ފުރިހަމަކޮށްވާ ޑިޕްލޮމާ، ބެޗްލރަސް ޑިގްރީ، މާސްޓަރސް ޑިގްރީ އަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ފުރިހަމަކޮށްފައި ޕްރޮގްރާމެއް ނަމަ، އެމް.ކިއު.އޭއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) - ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) - ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދިނުމުގެ ކުރިން ބޭނުން ކުރުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް ނުވަތަ ލިޔުމެއް، ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއިއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓު އަދި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) - އެންޓްރީ ކްރައިޓްރީއާ ފުރިހަމަ ވަނީ އެމް.އެން.ކިޔު.އެފް.ގެ އޯލްޓަރނޭޓިވް އެންޓްރީ ކްރައިޓީރިއާއިން ކަމަށްވާނަމަ އެމް.ކިޔު.އޭއިން ދޫކުރާ އިންޓެންޑެޑް ޕްރޮގްރާމް ރިކޮގްނިޝަން ލިޔުން ހުށަހެޅުން - ޓޮޕްއަޕް ލޯނަށް އެޕްލިކޭޝަން ހުށަހަޅާނަމަ، "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައި ސަބަބަކާ ގުޅޭ ލިޔުން. - މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން މިހާރު ކިޔަވަމުންދާކަން އެނގޭނެ، ކިޔަވަމުންދާ މަރުކަޒުގެ ލިޔުން. - އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރީ މެޑިސިން ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ފުރިހަމަކޮށްފައިވާ ޕްރީ މެޑިސިން ކޯހަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ކޯހެއް ކަމުގެ ލިޔުން. - ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ހުށަހަޅާނަމަ ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް އަދި ފުލް ޓްރާންސްކްރިޕްޓް ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) - ހުށަހަޅާ އެއްވެސް ލިޔެކިޔުމަކީ ދިވެހި، އިނގިރޭސި ނުވަތަ އަރަބި ބަހުން ނޫން ބަހަކުން އޮތް ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމެއްގެ އިނގިރޭސި ތަރުޖަމާ. - ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ޑިގްރީ ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ދިވެހިރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކް އާއިއެކު ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުން. - މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްނުކުރާ ޕްރޮވިޝަނަލް ސެޓްފިކެޓާއި ފައުންޑޭޝަން ކޯހުގެ ސެޓްފިކެޓް ފަދަ ސެޓްފިކެޓެއް ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކުރާ ފެންވަރެއްގެ ކޯހެއްކަން އަނގައިދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ލިޔުން އަދި އެސެޓްފިކެޓާއި ފުލް ޓްރާންސްކްރިޕްޓް (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) |
|
||
އިތުރު މަޢުލޫމާތު: |
|||
- އެމް.ބީ.ބީ.އެސް/ޑެންޓިސްޓްރީ ކޯހަކަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކޯހަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ. - ރާއްޖޭން ބޭރުގެ ތަނަކުން ދޫކޮށްފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެ ސެޓްފިކެޓެއް އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައިއެވެ. - އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާ އެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅަންވާނެއެވެ. - ހުށަހަޅާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކްރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.
|
|
||
އެޕްލިކޭޝަން ޗެކްކޮށްދިނުމަށްފަހު އެކި މަރުހަލާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ސްޓޭޓަސްތަކަށް އެޕްލިކޭޝަންގެ ސްޓޭޓަސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބަދަލުކުރެވޭނެއެވެ. Application Submitted: މާނައަކީ އެޕްލިކޭޝަން މިނިސްޓްރީއަށް ލިބިއްޖެ Application Complete: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ Application Incomplete & Requires Resubmission: މާނައަކީ އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމައެއްނޫން އަދި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ Resubmitted Application Received: މާނައަކީ އެޕްލިކޭޝަން އަލުން ހުށަހެޅުމުން މިނިސްޓްރީއަށް ލިބިއްޖެ Selected: މާނައަކީ ލޯނު ފުރުސަތަށް ހޮވިފައި Not selected: މާނައަކީ ޝަރުތު ފުރިހަމަވި ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވުމުން ލޯނުގެ ފުރުސަތަށް ނުހޮވޭ : Disqualified މާނައަކީ ލޯނުގެ ފުރުސަތަށް ޝަރުތު ފުރިހަމަނުވޭ |
އެހެނިހެން: |
||
މި އިޢުލާނުގެ ޖަދުވަލުތައް ތިރީގައި މިވަނީ: |
ޖަދުވަލުތައް: |
||
ހުޅުވައިލައިފައިވާ ޖާގައިގެ އަދަދާއި، ދާއިރާތައް. |
ޖަދުވަލު 1: |
||
ލޯނުގެ ގޮތުގައި ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓު. |
ޖަދުވަލު 2: |
||
މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވަރކްގެ މިނިމަމް އެންޓްރީ ރިކްއަރމަންޓް. |
ޖަދުވަލު 3: |
||
ޓްރެއިނިގް ޕްރައިއޮރިޓީ ލިސްޓް |
ޖަދުވަލު 4: |
||
ޓްރެއިންގް ނީޑްސް ރިކުއަރމަންޓް ލިސްޓް. |
ޖަދުވަލު 5: |
||
ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތާއި، ސްލޮޓްތަކަށް ޖާގަ ފުރުމުގެ އުސޫލު. |
ޖަދުވަލު 6: |
||
ލޯނުގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު. |
ޖަދުވަލު 7: |
||
ރާއްޖޭގައި ހިންގާކަމަށް މިނިސްޓްރީން ކަނޑައަޅާ ކޯސްތަކުގެ ލިސްޓު. |
ޖަދުވަލު 8: |
||
އިތުރު މަޢުލޫމާތު ސާފުކުރުމަށް: ފޯނު: 3026971، 3026926، 3026916 އީމެއިލް: [email protected] ވެބްސައިޓް: https://www.mohe.gov.mv |