ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ބެޑްމިންޓަން ކޯޗުން ހޯދުމަށް

 

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)އަށް ބެޑްމިންޓަން ކޯޗުން ހޯދުމަށް ބޭނުންވެއެވެ.

ބެޑްމިންޓަން ކޯޗު / އަންހެން 1/ ފިރިހެން1

ބާވަތް

ކޮންޓްރެކްޓް

ސެކްޝަން

ކޯޗިން

އޮފީސް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)

މުސާރަ

 4000 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެ

ޝަރުޠު

ބެޑްމިންޓަން ކޯޗިންގ ހަދާއިފހުރުން

މަސްޢުލިއްޔަތު

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އަންގާ ގޮތެއްގެމަތިން އެސް-އޯ މޯލްޑިވްސްގެ އެތުލީޓުންނަށް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުން

މުއްދަތު

1  (އެކެއް) އަހަރު. (އަހަރު ގުނާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެންނެވެ.)

އެޕްލިކޭޝަންގެ ސުންގަނޑި

7 އެޕްރީލް 2025 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް.
  • ކުޅިވަރު ސެޓްފިކެޓްތައް.
  • މިހާރު އެހެންތަނެއްގައި މަސަތްކަތް ކުރާނަމަ އެތަނެއްގެ ލިޔުން.
  • ބެޑްމިންޓަން ދާއިރާއިން ލިބިފައިފާ ތަޖްރިބާ އެނގޭނެ ލިޔުން.

 

އެޕްލިކޭޝަން ހުށަޝަހެޅުން

  • ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށް  ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް އަށް (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް) ނުވަތަ    admin@somaldives.org މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ބެޑްމިންޓަން ކްލަބަކުންވެސް ކުރިމަތިލެވިދާނެއެވެ.
  • މިމަޤާމަށް ހޮވޭ ކޯޗަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، ކޯޗުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚްލާޤަށް ބަލައި، އެއްވެސް އިންޒާރެއް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ލިބިގެންވެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7939944 ނަންބަރު ފޯނަށެވެ

 

 

29 މާރިޗު 2025
ހޯދާ