މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި އިޢުލާން ކުރުން

މަޤާމް :ޖެނެރަލް ސެކްރެޓަރީ
ބޭނުންވާ އަދަދު :1

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކަ ހޮވުމަށްޓަކައި މީގެ ކުރިން ކޮށްފައިވާ އިއުލާނު ނަންބަރު MCA/IL/004/2025 ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވަޒީފާއާ ބެހޭ އިތުރު ތަފްސީލު ތިރީގައި އެވަނީއެވެ.

މަޤާމް: ޖެނެރަލް ސެކްރެޓަރީ

ބޭނުންވާ އަދަދު: 1

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޗެސް އެސޯސިއޭޝަން

އަސާސީ މުސާރަ: -/12000

އިތުރު އެލަވެންސް: -/3000

ޕެންޝަން އެލަވަންސް: ދިވެހިރާއްޖޭގެ ޕެންޝަން ގާނޫނާއި އެއްގޮތަށް ލިބިދޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: އެސޯސިއޭޝަންގެ އިދާރީ އޮނިގަނޑާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ކުރުމާއި ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ގަޑި: 09:00 ން 17:00 އަށް އަދި އެއްގަޑި އިރުގެ ބްރޭކެއް ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައިޑީ ކާޑް ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،އެންމެ ފަހުން އަދާކޮށްފައިވާ ވަޒީފާގެ ލިޔުން، އަދި ޕޮލިސް ރިޕޯޓް.

މަޤާމަށް އެދި ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި: 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ނަމްބަރ 7310073 އާ ގުޅުއްވުން އެދެމެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދި މެއިލް ކުރައްވާނީ ކުރައްވާނީ [email protected] އަށެވެ. 

28 މާރިޗު 2025
ހޯދާ