މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.މާއުނގޫދޫ ކައުންސިލުގެ އާޢިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

                ށ.މާއުނގޫދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.މާއުނގޫދޫ ކައުންސިލްގެ އައު އިމާރާތް، އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޭޕްރިލް 07 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. ބިޑު ރަޖިސްޓްރީކުރާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 2025 އޭޕްރިލް 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ށ. މާއުނގޫދޫ ކައުންސިލްގެ އިދާރާގައެވެ.

                މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540056، 9977425 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

28 މާރޗް 2025

 

 

 

 

 

 

                                                                 

 

28 މާރިޗު 2025
ހޯދާ