ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

 

 

އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން 

 

         އެސްޓީއޯ ސ. މަރަދޫފޭދޫ ފިހާރައިގައި ހުރި ބައު އެއްގަމު އުޅަނދެއް ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިއުޅަނދު ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ދުވަހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ. 

 

މަޢުލޫމާތު ސާފުކުރުން

އެސްޓީއޯ ސ. ގަން ވޭރަގަން

09 އޭޕްރިލް 2025/ގަޑި،10:00

އަގުހުށަހެޅުން

އެސްޓީއޯ ސ. މަރަދޫފޭދޫ ފިހާރަ

10 އޭޕްރިލް 2025/ގަޑި،10:00

 

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

 

             ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9993005

 

 

27 މާރިޗު 2025
ހޯދާ