ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫ އިން 8 ބިން ވިއްކުން

މި އިދާރާގެ ނަންބަރު (IUL)260-CA/260/2025/18 ( 10 ފެބްރުވަރީ 2025 ) އިއުލާނާއި ގުޅިގެން އެއްވެސް ބޭފުޅަކު އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ 3 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

 ހދ.ނައިވާދޫއިން 8 (އަށެއް) ބިމެއް ވިއްކުމަށް ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނުގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 8 ބިމެވެ. މި ބިންތައް ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ ބީޗް ފްރޮންޓް ބިންތައް އަކަފޫޓަކަށް -/300 ރުފިޔާ އަދި އެނޫން ބިންތައް އަކަފޫޓަކަށް -/250 ރުފިޔާއަށެވެ. މި ބިންތައް ގަންނަ ފަރާތްތަކަށް 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކޭނެ ފުރުޞަޠުވަނީ ހަމަޖެހިފައެވެ.

ބިން ވިއްކުމަށް ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ ގަންނަން ބޭނުންވާ ކޮންމެ ބިމަކަށް ވަކި ބީލަންފޮތެއްގެ ގޮތުގައެވެ. އެގޮތުން ބީލަން ފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ. ބީލަން ހުށަހެޅޭނީ ބީލަމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް ބީލަން ފޮތް ގަނެފައިވާ ބިންތަކަށް އެކަންޏެވެ. ބީލަންފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަންފޮތް ގަތުމަށް ރަޖިސްޓްރީވުން އެދެމެވެ.

ބިޑް ގަތުމަށް ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހަށަހެޅުން

27.03.2025 ން  13.04.2025ގެ 10:00 ށް

13.04.2025 ގައި

14.04.2025 ގެ 11:15 ގައި

https://forms.office.com/r/aXJv1vRv9r

އޮންލައިންކޮށް ( ރަޖިސްޓްރީވާ ފަރާތްތަކަށް އެންގޭނެ )

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިއިޢުލާނާއެކު ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓު އާއްމުކުރެވިފައިވާނެއެވެ.

27 މާރިޗު 2025
ހޯދާ