ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގެ ދެ އިމާރާތް މަރާމާތުކުރުން

                   

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިވެހިރާއްޖެ   

 

                                                                                                                                             އިޢުލާން ނަމްބަރ: GS05-C /IUL/2025/05                         

    ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި މަރުކަޒުގެ ދެ އިމާރާތް މަރާމާތު ކުރުން

 

  1. މި މަރުކަޒުގެ ބާހޯލު އިމާރާތު، އަދި ފާޝިނާ މާލަން އިމާރާތުގެ މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މާޗް 27 އިން 2025  އޭޕްރިލް 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން     14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޭޕްރިލް 10 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި މަރުކަޒުގެ      މީޓިންގ ރޫމްގައެވެ.

  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން        ފޮނުއްވުންއެދެމެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2025އޭޕްރިލް 14 ވާ ހޯމަ ދުވަހުގެ 11:30 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

    ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

    ފޯން:  6820029

    އީ-މެއިލް: [email protected]

    ކޮޕީ އީ-މެއިލް: [email protected]

 

27     މާރިޗު     2025

 

 

 

27 މާރިޗު 2025
ހޯދާ