ދިވެހިރާއްޖެ
އިޢުލާން
މާފަރު އުތުރު ފަރާތުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މޫދު އެރޭ ސަރަހައްދުގެ ހުއިގަނޑު ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ރަށު އުތުރު ފަރާތު (ޓާރޓަލް ބީޗް) ސަރަހައްދުގެ މޫދުގެ ހުއިގަނޑު ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް ސާފުކޮށްދޭނެ އަގު އަދި މުއްދަތު އެގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ހުއިގަނޑު ނަގައިދިނުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 31 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދި ދަންނަވަމެވެ.
މެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9665339 (ކައުންސިލްގެ ރައީސް) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.