| 
 ލޯޔަރު (ކޮންޓްރެކްޓް) 
 | 
 މަޤާމު 
 | 
| 
 1 އަހަރު 
 | 
 ކޮންޓްރެކްޓްގެ މުއްދަތު 
 | 
| 
 1 
 | 
 ބޭނުންވާ އަދަދު 
 | 
| 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
| 
 -/21,000 (އެކާވީސްހާސް ) ރުފިޔާ 
 | 
 މުސާރަ 
 | 
| 
 ސަރވިސް އެލަވަންސް: ދުވާލަކަށް 316/67 (ތިން ސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި) 
 | 
 ޢިނާޔަތް 
 | 
- ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 9) ހާސިލުކޮށްފައި ވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ (އެމް.އެން.ކިއު.އެފް ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 
- އިންޓަރވިއުގައި މި މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުން. 
 
 
 | 
 އަސާސީ ޝަރުޠު 
 | 
- މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 
- މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް މަސައްކަތެއް އޮފީހުގެ ހުއްދައާ ނުލައި ނުކުރުން.
 
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، ނުވަތަ އެފަދަ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ނުކޮށްދިނުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- އޮފީހުގެ ހުއްދައާ ނުލައި އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
 
- އޮފީހުގެ ހުއްދައާ ނުލައި ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
 
 | 
 އެހެނިހެން ޝަރުޠު 
 | 
- އޮފީހުގެ ލީގަލް ޔުނިޓުގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން؛
 
- އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދިނުން.
 
- އޮފީހުން އެކުލަވައިލަން ބޭނުންވާ، ޤާނޫނާބެހޭ ލިޔުންތަކާއި އެކިއެކި ގަވާއިދުތައް އެކުލަވައިލުން.
 
- ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން އޮފީހުން ކުރަންޖެހޭ ޤާނޫނާ ގުޅުން ހުންނަ މަސައްކަތްތައް ކުރުން.
 
- އޮޑިޓް ރިޕޯޓުތަކާގުޅޭ ޝަރުޢީ ނުވަތަ ޤާނޫނީ މައްސަލަތަކާގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކުގެ ރިވިޔު ހެދުން.
 
- ކޯޓުތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަކާލާތުކުރުން.
 
 
 | 
 މަޤާމުގެ މަސްއޫލިއްޔަތު 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
 
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި).
 
- ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
 
 
 | 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
| 
 18 އޮގަސްޓު 2015 ވާ އަންގާރަ ދުވަހު މެންދުރުފަހުު 14:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް   (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). 
 | 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި 
 | 
- މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އެނޫން ފަރާތްތަކަށް އެކަން ލިޔުމަކުންނެއް ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
 
- އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެ ގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަންއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.
 
 
 | 
 އިތުރު މަޢުލޫމާތު 
 | 
| 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނޭ 
ފޯނު ނަންބަރު: 3348200      
ފެކްސް ނަންބަރު: 3316430 
އީމެއިލް އެޑްރެސް: [email protected] 
 |