ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ހިންގާ ވެލާކަހަނބުގެ ނެސްޓިންގ ސާރވޭ ޕްރޮގްރާމްގެ ދަށުން، ރ.ވަންދޫގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 01
މުއްދަތު: 01 ސެޕްޓެންބަރު 2015 އިން 31 ޑިސެންބަރު 2015 ގެ ނިޔަލަށް (4 މަސް ދުވަސް)
މަސައްކަތް ކުރަންޖެހޭ ތަން: ރ.ވަންދޫ
މަސައްކަތުގެ އުޖޫރަ: -/20،000 (ވިހިހާސް ރުފިޔާ) (04 މަސް ދުވަހަށް ބަހާލައިގެން)
މަސައްކަތުގެ ތަފުސީލު: ހަފުތާއަކު 1 ދުވަހު، ރ.ވަންދޫގައި ވެލާކަހަނބުގެ ނެސްޓިންގ ސާރވޭ ކުރުން
ހުށަހަޅަންޖެހޭ ތަކެތި: މަސައްކަތަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓްތައް |
މި މަސައްކަތްކުރުމަށް ހޮވޭ ފަރާތްތަކަށް މި ސާރވޭ ކުރާނެގޮތުގެ މަޢުލޫމާތާއި ތަމްރީން ދެވޭނެއެވެ. ސަރވޭކުރުމަށްޓަކައި ސަރވޭކުރަންޖެހޭ ސަރަޙައްދުތަކަށް ދަތުރުކުރުމުގެ އިންތިޒާމާއި ޚަރަދު ހަމަޖައްސަން ޖެހޭނީ މި މަސައްކަތްކުރުމަށް ހޮވޭ ފަރާތްތަކުންކަމުގައި ވާތީ، ދޯނި ނުވަތަ ލޯންޗް ގެންގުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 2242-332 އަށް ގުޅުއްވުން އެދެމެވެ.