ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ފާހާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

1- މިސްކޫލުން ދެވޭ މައުލޫމާތާއި އެއްގޮތަށް 2 ފާހާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2025/15 އިޢުލާނުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

2- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 މާރޗް 2025 އިން ފެށިގެން 08 އޭޕްރީލް 2025  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

2.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2.2- ރަޖިސްޓްރީ ނަންބަރު.

2.3- އީމެއިލް އެޑްރެސް.

2.4- ގުޅޭނެ މޯބައިލް ނަންބަރު.

3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 އޭޕްރީލް 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 15 އޭޕްރީލް 2025ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ކޮންފެރެންސް ރޫމްގައެވެ.

5- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޝަރަފުއްދީން ސްކޫލް

   ހިތަދޫ، އައްޑޫ

   ފޯން: 7030-688

   އީ-މެއިލް: [email protected]

6- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

7- މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތާއި ފާހާނާއާއި ގުޅޭ ކުރެހުން މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

25 މާރިޗު 2025
ހޯދާ