ދިވެހިރާއްޖެ
މި ސްކޫލްގެ ނަންބަރު GS-65-B/IUL/2025/09 (17 މާރިޗު 2025) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، މި ސްކޫލްގެ ތިރީގައިވާ މަސައްކަތްތަކަށް އަލުން އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- 3 ގަސް ބުޑާއި 2 ރުއް ބުޑު ނެގުން
- 1 ރުއް ކަނޑައި ބުޑު ނެގުން
- ގަސް ބުޑުތަކާއި ރުއްބުޑުތައް ނަގަންވާނީ ގަހުގެ ބުޑުގެ ވަށައިގެންވާ ސަރަޙައްދު ކޮނެ ގަހުގެ މޫތައް ކަނޑައި ނަގައިގެންނެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މާރިޗު 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
3- އަގު ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު، މި މަސައްކަތާއި ގުޅޭ ތަޖުރިބާ ލިޔުން އަދި ވިޔަފާރީގެ ރަސްމީ ލެޓަރހެޑްގައި ކޯޓޭޝަން ހުށަހެޅުން
މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު
ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.