ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ އައުޓްޑޯ ޕްލޭ އޭރިއާ ސްކޫލުގެ އައު ޢިމާރާތް ހުރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު)

މި ސްކޫލްގެ ނަންބަރު GS-65-B/IUL/2025/08 (16 މާރިޗު 2025) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ އައުޓްޑޯ ޕްލޭ އޭރިއާ

ސްކޫލުގެ އައު ޢިމާރާތް ހުރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތަށް އަލުން އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މާރިޗު 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން  އީމެއިލް މެދުވެރިކޮށް [email protected] އަށް އަގު

ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1-    މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2-    މަސައްކަތް އެންމެ އަވަހަށް ފެށޭނެ ތާރީޚާއި މަސައްކަތް ނިންމުމަށް ހޭދަވާނޭ މުއްދަތު (ދުވަސް) ބަޔާންކުރުން

3-    އަގު ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު، މި މަސައްކަތާއި ގުޅޭ ތަޖުރިބާ ލިޔުން އަދި ވިޔަފާރީގެ ރަސްމީ ލެޓަރހެޑްގައި ކޯޓޭޝަން ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ.

4-    މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ

ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

5-   މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މަސައްކަތް އެވަރޑްކުރުމުގައި ޕޮއިންޓްދޭނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށެވެ.

Details

Score %

Price Percentage

85

Experience Percentage

5

Duration

10

TOTAL

100

 

6-   އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް، ތ.ވިލުފުށި، ފޯން:  7940633

އީ-މެއިލް:[email protected]

25 މާރިޗު 2025
ހޯދާ