އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ  

              ފެންފުށީ ޕްރީސްކޫލަށް އަލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު 25 މާޗް 2025 ވާ އަންގާރަދުވަހުންފެށިގެން 10 އޭޕްރީލް 2025 ވާ ބްރާސްފަތިދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

              ފެންފުށީ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީ އެވެ.

25 މާޗް 2025 އިން 27 މާޗް 2025 ދުވަހާދެމެދު 10:00 އިން 12:00 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން

06 އޭޕްރީލް 2025 އިން 10 އޭޕްރީލް 2025 އާ ދެމެދު 8:30 އިން 13:30 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން

 

              2025 ވަނަ އަހަރު ފެންފުށީ ޕްރީ ސުކޫލަށް ދަރިވަރުން ވެއްދުމަށް ގަމަޖެހިފައިވާ އުމްރުފުރާތައް ތިރީގައި އެވަނީއެވެ.

ބޭބީ ނާސަރީ

2024 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރުން

ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

              ބޭބީ ނާސަރީއަށް ކުދިން ވައްދާނީ 2024 ޑިސެމްބަރ 31 އަށް އުމުރުން 2 އަހަރު ފުރިފައިވާ ކުދިންކަމުގައި ކަނޑައެޅިފައިވީނަމަވެސް، މިހިނގާ 2025 ވަނަ އަހަރުގެ 31 މާޗްގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށްވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ދެވިދާނެއެވެ.

              ފެންފުށީ ޕްރީސްކޫލް ހިންގުން ފެންފުށީ ކައުންސިލްގެ ދަށަށް ބަދަލްކުރެވިފައިވާތީ، ވޭދުވެދިޔަ 2024 ވަނަ އަހަރު ފެންފުށީ ޕްރީސްކޫލްގައި ތައުލީމް ހާސިލްކުރި ދަރިވަރުންވެސް ފެންފުށީ ޕްރީސުކޫލަށް ވަނުމަށްއެދޭފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެކަމުގައި ދަންނަވަމެވެ.

              ވީމާ 2025 ވަނަ އަހަރު ފެންފުށީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 10 އޭޕްރީލް 2025 ވާ ބްރާސްފަތިދުވަހުގެ 13:30 ގެ ކުރިން، ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް، އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

24 މާރިޗު 2025
ހޯދާ